ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފް އިން ބުނީ ހުޅުމާލޭ ފަޅުގައި އޮތް 27 ފޫޓުގެ "ކެޔޮޅުބެ ލޯންޗު" އަޑިއަށް ގޮސްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:37 ގައި ކަމަށެވެ.
ލޯންޗު އަޑިއަށްދިޔަ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއަ ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން މިއަދު ހަވީރު 5:50 ހާއިރު އެ ލޯންޗު ފެންމަތި ކުރެވިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެ ލޯންޗު އަޑިއަށް ދިޔަ ސަބަބެއް އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.