ޚަބަރު

ފުވައްމުލަކު ޗަސްބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފުވައްމުލަކު ސިޓީ ހޯދަނޑު ޗަސްބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކު ޗަސްބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިރޭ 6:50 ގައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ފުވައްމުލަކު ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެ، މިރޭ 7:06ގައި އަލިފާން ނިއްވާލާފައިވާ ކަމަށާއި ރޯވެފައިވަނީ މަގުގެ އަރިމަތީގައި ހުރި ފަތްކެޔޮ ގަހެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދޭގޮތުގައި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.