ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދުއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި އިހަވަންދޫ ސްކޫލަށާއި ސިއްހީ މަރުކަޒަށާއި އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
ނައިބު ރައީސް އިހަވަންދުއަށް ކުރައްވާ ޒިޔާރަތުގައި އެރަށުގެ ކައުންސިލަރުންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނައިބު ރައީސް ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް އެ އަތޮޅު ހޯރަފުއްޓާއި ތުރާކުނާއި މޮޅުދޫއާއި އުލިގަމު އަދި މާރަންދުއަށް ވަނީ ވަޑައިގެންފައެވެ.