ޚަބަރު

ތޮއްޑޫ ގެސްޓް ހައުސްއަކުން ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައިފި

މަރިޔަމް ޝަހުދާ

އއ.ތޮއްޑޫ ގެސްޓް ހައުސްއަކުން ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައިފި އެވެ.

މި ބަނގުރާ ފުޅިތައް ފުލުހުން ހޯދާފައިވަނީ ތޮއްޑޫ ގެސްޓް ހައުސްއެއްގައި ބަނގުރާ ގެންގުޅެ ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގެސްޓްހައުސް ބަލާ ފާސްކުރުމުގެ ތެރެއިންނެވެ.

އެ ގެސްޓްހައުސް ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 67 ފުޅިއާއި 74 ދަޅު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންނެވެ.