ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހއ. މޮޅަދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ނައިބު ރައީސް މޮޅަދޫއަށް ވަޑައިގެންނެވީ ހއ އަތޮޅުގެ އެކި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ނައިބު ރައީސް ވަނީ މޮޅަދޫ ސްކޫލްގެ އިތުރުން އެރަށު ސިއްހީ މަރުކަޒާއި، އިންޖީނުގެއަށް ޒިޔާރަތް ކުރައްވައި އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައެވެ. އަދި އެ ތަންތަނުގެ މަސައްކަތް ހުރި ގޮތް އޮޅުންފިލުއްވައި މިހާރު އެތަންތަނުގެ ހާލަތު ހުރި ގޮތް ނައިބު ރައީސް ބައްލަވާލެއްވިއެވެ.
މި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ މޮޅަދޫގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މޮޅަދޫގެ އިޖްތިމާއީ ކަންކަން ރަނގަޅު ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި މޮޅަދޫ ކައުންސިލް މެމްބަރުންނާ ނައިބު ރައީސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖައްސައިފައެވެ.