ޖުޑީޝަލް ސާވިސް ކޮމިޝަން

ފަނޑިޔާރު ދީދީގެ މައްސަލަ އަޑުއަހަން ވަދެތިބި ބައެއް މީހުން ހަމަނުޖެހުން ހިންގަން އުޅުމުން ނެރެފި

އިބްރާހިމް ޒަކީ

1

ފަނޑިޔާރު އަބުދުﷲ ދީދީގެ މައްސަލަ އަޑުއަހަން ދަރުބާރުގޭ މާލަމަށް ވަދެ ތިބި ބައެއް މީހުން އަޑުގަދަކޮށް ހަމަނުޖެހުން ހިންގަން ފެށުމުން، އޭގެ ތެރެއިން ބައެއް މީހުން މާލަމުން ބޭރަށް ނެރެފިއެވެ.

މި މައްސަލަ އަޑުއެހުމަށް ވަދެތިބި މީހުުންގެ ތެރެއިން ކުރީ ގޮނޑީބަރީގައި ތިބި ބަޔަކު ވަނީ އަޑުގަދަކޮށް، މައްސަލަ ހިނގަމުްދާ ދިމާލަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމީހުންގެ އެ ހަރަކާތް ހުއްޓުވައި ސެކިއުރިޓީިން ވަނީ އެ މީހުން މާލަމުން ބޭރަށް ނެރެފައެވެ.

މި އަދުގެ މައްސަލަ ކުރިއަށް ދިޔައިރު، ޖޭއެސްސީގެ ކޮމިޓީ އާއި ފަނޑިޔާރު ދީދީގެ ވަކީލުންނާ ދެމެދުވެސް ބަހުސް ހޫނުވިއެވެ.

އެގޮތުން ދިފާއީ ވަކީލުންނަށް ބޭނުންވާ ވަރަށް ފުރުސަތު ނުދެއްވުމުން އެ ބޭފުޅުން އަޑުގަދަ ކުރައްވައި ވާހަކަ ދައްކަވަން ފެއްޓެވިއެވެ.

އެ ކަމާ ގުޅިގެން ޖޭއެސްސީގެ ކޮމިޓީގައި އިންނެވި ހިސާން ހުސެއިން ވިދާޅުވީ މި މައްސަލަ ތަހުގީގު ކުުރުމުގެ ކަންތައް ކުރިއަށްދަނީ ވަކި އުސޫލުތަކެއްގެ ދަށުން ކަމަށާއި، ހުރިހާ ވަކީލުންވެސް ވަކީލުންގެ ސުލޫކު ހިފެހެއްޓެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ދެން އެފަދަ ގޮތަކަށް އަމަލުތައް ބަހައްޓަވާނަމަ ސެކިއުރިޓީއަށް އަންގަވައިގެން ދިފާއީ ވަކީލުން މާލަމުން ބޭރު ކުރައްވާނެ ކަމަށްވެސް ހިސާން އިންޒާރުދެއްވިއެވެ.

މީގެ އިތުރުން މައްސަލަ ރައްދުވާ ގަނޑިޔާރު ދީދީއަށް ދިފާއުވެ ވަޑައިގެންނެވުމަށް ފުރިހަމަ ފުރުސަތު ނުދެއްވައި، ދިފާއީ ވަކީލުންނަށްވެސް އެ ފުރުސަތު ނުދެއްވާ ކަމަށް ވަނީނަމަ، ތަނާޒުލުވެދާނެ ކަމަށް ފަނޑިޔާރު ދީދީގެ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޑރ. ޖަމީލުވެސް އިންޒާރު ދެއްވިއެވެ. އެއަށް ޖަވާބު ދެއްވަމުން ހިސާން ވިދާޅުވީ، ބޭނުން ވެ ވަޑައިގަންނަވާނަމަ ވަކީލަށް އެ ފުރުސަތު އެބައޮތް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟