ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ހއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ނައިބު ރައީސް ފުރާ ވަޑައިގެންފި

ހއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ފުރާ ވަޑައިގެންފި އެވެ.

ނައިބު ރައީސް ފުރާ ވަޑައިގެންނެވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހއ އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫ އަށެވެ.

އެ މަނިކުފާނު މި ރަށްރަށަށް ވަޑައިގެން މި ރަށްރަށުގެ ކައުންސިލާއި ސަރުކާރު އިދާރާތަކުގެ މުވައްޒަފުުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. ކައުންސިލްތަކާއި ސަރުކާރު އެކި އިދާރާތަކުގައި މަސައްކަތް ހިނގާ ގޮތް ބައްލަވައި އެ ރަށްރަށުގައި ހިންގަމުން އަންނަ މަޝްރޫއުތައް ކުރިޔަށްދާ ގޮތް ވެސް ނައިބު ރައީސް ބައްލަވައިލައްވަން ވަނީ ހަމަޖައްސަވައިފަ އެވެ.