ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީއަށް މުވައްޒަފުން އިތުރުކޮށް، މުވައްޒަފުންނަށް އިތުރުގަޑީގެ އެލަވަންސްދޭން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މުވައްޒަފުން އިތުރުކޮށް، މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ދިނުމަށް އެކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ރޭ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީނު ވިދާޅުވީ އިއްޔެ ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ކޮމިޝަނަށް ފަސް މުވައްޒަފުން ނެގުމަށް ނިންމާފައިވާކަމަށެވެ.

އަދި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކޮމިޝަނުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ އެލަވަންސް ދިނުމަށް ވެސް އިއްޔެގެ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ޒަހީނު ވިދާޅުވިއެވެ.