ޖުޑީޝަލް ސާވިސް ކޮމިޝަން

ފަނޑިޔާރު ހަސަން ސައީދުގެ މައްސަލަ ވެސް އާންމުންނަށް ހުޅުވާލައިގެން ބާއްވަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ފެމެލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުއާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ފުރުސަތު ހުޅުވާލައިގެން ބޭއްވުމަށް ޖޭއެސްސީން ނިންމައިފިއެވެ.

ޖޭއެސްސީން މިރޭ ނޫސްވެރިންނަސް މައުލުމާތު ދެއްވަމުން އެކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ ގާޒީ ހަސަން ސައީދުގެ މައްސަލަ އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމީ މިއަދު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ.

ކޮމިޝަނުން އެގޮތަށް ނިންމީ މައްސަލައިގެ ތަހުގީގު ހުޅުވާލައިގެން ބޭއްވުމަށް ގާޒީ ހަސަން ސައީދު އެދިވަޑައިގަތުމުން ކަމަށް ޒަހީން ވިދާޅުވިއެވެ.

ގާޒީ ހަސަން ސައީދު ސަސްޕެންޑްކުރީ ކޮމިޝަނަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ.