އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މިއަދު އެކޮމިޓީއަށް އޭސިސީގެ މެންބަރުން ހާޒިރު ކުރެއްވުމަށްފަހު ދެއްވި މައުލޫމާތުތަކަށްފަހު، އެކަން އެ ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މެންބަރު ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.
އޭނާ މިގޮތަށް ހުށަހެޅުއްވީ އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އޭސީސީގެ މެމްބަރުން ހާޒިރުކޮށްފައި ތިއްބަވަނިކޮށް އެބޭފުޅުންގެ ހާޒިރުގައެވެ.
މުހައްމަދު އަބްދުﷲ ޝަފީގުގެ ހުށަހެޅުއްވުމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްވަނީ ތާއީދުކުރައްވާފައެވެ.
އޭސީސީގެ މެމްބަރުންގެ ހާޒިރީގެ ހުލާސާ ރިޕޯޓެއް ދެހަފްތާގެ ތެރޭގައި ކޮމިޓީއަށް ހުށަހަޅަން ވެސް ކޮމިތީން ވަނީ މިއަދު އޭސީސީއަށް އަންގައިފައެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ނާއިބު ރައީސް މިއަދު ވިދާޅުވީ، މިއަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހުންފެށިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަލް ލުތުފީ، ކޮމިޝަނަށް ވަޑައިގެންފައި ނުވާ ކަމަށާއި، މިއަހަރުގެ އޭޕްރީލްމަހުގެ 14 އިން ފެށިގެން ލުތުފީ ކޮމިޝަނަށް އެއްވެސް އެއްޗެއް ވެސް އަންގަވާފައި ނުވާކަމަށެވެ.