ސިފައިންގެ ވެލްފެއަ ކުންފުނި، އެސްޑަބްލިއުއީސީ އިން ރާއްޖޭގައި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް އެހީތެރިވާން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް އިން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދުގެ ވަގުތެއްގައި އެސްޑަބްލިއުއީސީއާ ވަނީ ބައްދަލު ކުރައްވައިފައެވެ.
ޔޫތް މިނިސްޓްރީގެ އޮފިޝަލް ޓުވިޓަ އެކައުންޓުން ކުރި ޓުވީޓެއްގައި ވަނީ މި ބައްދަލު ވުމަށްފަހު އެސްޑަބްލިއުއީސީ އިން ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމަށް ޔޫތް މިނިސްޓްރީއަށް އެހީވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަމަށެވެ.