ކިމްގެ ކޭކޭޑަބްލިޔު ބިއުޓީ ރޭންޖުގެ ކޮލަބޮރޭޝަނެއް މޮޑެލް ވިނީ ހާލޯއާއެކު ކުރަން ނިންމާފައިވާ ކަން ކިމް ބުނެފިއެވެ.
ކޭކޭޑަބްލިޔު އަކީ 2017 ގައި ކިމް ލޯންޗުކުރި މޭކަޕް ބްރޭންޑެކެެވެ. މި ބްރޭންޑް ވަނީ މިހާތަނަށް ގިނަ ތަރިންނާއެކު ކޮލަބޮރޭޝަންތައް ހަދައިފައެވެ. އޭގެ ތެރޭގައި މޭކަޕް އާޓިސްޓު މާރިއޯ ޑެޑްވަނޮވިކް، ކިމްގެ ކޮއްކޮ ކައިލީ، ގްލެމްމާސްޓަރު ކަން ލިބިފައިވާ އާޖެނިސް ޕިނާލް ހިމެނެއެވެ.
ވިނީ އާއެކު ކޮލަބޮރޭޓް ވާކަން ކިމް ބުނެފައިވަނީ އޭނާގެ ޓުވިޓަރުގައި ޕޯސްޓުކޮށްފައިވާ ވީޑިއޯއަކުންނެވެ. ބޮޑީ ފައުންޑޭޝަން ލޯންޗު ކުރަން އުޅޭ ވާހަކަވެސް ކިމް ވަނީ އެ ވީޑިއޯގައި ފާހަގަކޮށްފައެވެ.
މިއީ ކިމް ވިނީ އާއެކު ކޮލޭބް ވާކަން ހާމަކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ ފެބްރުއަރީގައިވެސް ކިމް ވަނީ ދެމީހުން އެކީ ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ކުރަން އުޅޭ ކަމެއް ގެސް ކުރުމަށް ފޭނުންގެ ކިބައިން އެދިފަ އެވެ.
ދެމީހުން އެކީ ރިލީސް ކުރަނީ ކޮން ޕްރޮޑަކްޓެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ވިނީ އަކީ މަގްބޫލުކަން ހޯދާފައިވާ ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލެކެވެ.