އަމީން އެވެނިއު ފްލެޓްތައް ސުން ގަޑިއަށް ނުނިންމި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން އިން ފްލެޓް ގަތް ދެމީހުންނަށް ޖޫރިމަނާ ދައްކަން ނުޖެހޭކަމަށް ހުޅުމާލެ ކޯޓުން ނިންމައިފިއެވެ.
އަމީން އެވެނިއުގެ ފްލެޓްތައް ސުން ގަޑިއަށް ނުނިންމައިގެން ކަމަށްބުނެ ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިންލައްކަ ރުފިޔާ ހޯދުމަށް، ދެމީހާކު ކޯޓަށް ހުށަހެޅި މައްސަަލަ ބެލުމަށްފަހު، ހުޅުމާލެ ކޯޓުން ނެރުނު ހުކުމްގައި ބުނެފައިވަނި، މި ނިންމުމަކީ ހުށަހަޅަފައިވަ ލިޔެކިއުންތަކުގެ މައްޗައް ބަލައި ނިންމާފައިވާ ނިންމުމެއްކަމަށެވެ.
އެގޮތުން ދެފަރާތުގެ ދެމެދު ވަފައިވާ އެއްބަސްވުމާ އެއްގޮތަށް، ކަނޑައެޅިފައިވާ ދުވަހަށް އެޕާޓްމަންޓް ހަވާލު ކުރެވިފިވާކަން އެނގޭކަމަށް މި އަމުރުގައިވެއެވެ. މީގެ ސަބަބަކަށް ބަޔާންކޮށްފައިވަނީ އެޕާޓްމަންޓް ދުވަހަށް ހަވާލު ނުކުރާކަމަށް ބުނެފައި ވަނީ ދެފަރާތުން އެއްބަސްވި ފެންވަރަށް ތަން ހަދާފައިނެތް ކަމަށް ބުނާ ބުނުމުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ކޯޓުން ބުނެފައޮވެއެވެ.
މީގެ އިތުރުން އެއްބަސްވެފައިވާ ފެންވަރަށް އެޕާޓްމަންޓް ހެދިފައިނުވާއިރު ދައުވާ ކުރި ފަރާތައް އެ އެޕާޓްމަންޓާއި ހަވާލު ނުވުމުގެ ބާރު ލިބިގެންވާކަން މި ހުކުމް ގައި ފާހަގަ ކޮށްފައިވެއެވެ. އަދި މިބާރު ލިބިފައިވާއިރުވެސް އެޕާޓްމަންޓާ ހަވާލުވުމުން އެޕާޓްމަންޓް ހަވާލުނުކުރެވޭކަމަށް ކޯޓަށް ބެލެވެން ނެތް ކަމަށް މި ހުކުމްގައި ބުނެފައި ވެއެވެ.