ލައިފް ސްޓައިލް

މާގިނައިން ފައިސާ ހަރަދު ކުރާނަމަ ނުވަތަ ކެވޭނަމަ އެލާޓް ކުރާ ބްރޭސްލެޓެއް

މާ ގިނައިން ބޭކާރު އެއްޗެތި ގަނެވޭ ހެއްޔެވެ؟ ނުވަތަ ބޭކާރު ހަރަދު ކުރެވޭ ހެއްޔެވެ؟ ނޫނީ ޖަންކް ފުޑް މާ ގިނައިން ކެވޭ ހެއްޔެވެ؟ އެ ފަދަ ކަންކަން ކޮންޓްރޯލް ކުރުމަށް ރައްޓެހިންގެ އެހީ ހޯދޭ ހެއްޔެވެ؟

ކުރިން މި ބުނި ކަންކަން ހުއްޓުމަށް މީހަކަށް ބަރޯސާ ނުވެ އަމިއްލައަށް ކޮންޓްރޯލް ކުރެވޭނެ ގޮތެއް މިހާރު މިއޮތީ ހޯދިފައެވެ.

އެމަޒޯން ގައި ވިއްކަން ހުރި "ޕަވްލޮކް" ބްރޭސްލެޓަކީ މާގިނައިން ހަރަދުކުރެވޭ ނަމަ ނުވަތަ ޖަންކް ފުޑް ކެވޭ ނަމަ އެލާޓް ކުރާ ބްރޭސްލެޓެކެވެ.

މި ބްރޭސްލެޓަކީ މީހާގެ އުޅުން ތަމްރީނު ކުރާ ޑިވައިސްއެކެވެ. ބްރޭސްލެޓް އުފެއްދި ފަރާތުން ބުނި ގޮތުގައި މި ބްރޭސްލެޓުން "އެވާސިވް ކޮންޑިޝަނިން" ބޭނުން ކޮށްގެން މީހާއަށް ކުރެވޭ ނެގަޓިވް ކަންކަމުން ދުރުވުމަށް އެހީތެރިވެދެއެވެ.

ޕެވްލޮކް ގެ އެހީގައި ވަރަށް ގިނަ ގޯސް އާދަތައް ހުއްޓުމަށް މަސައްކަތް ކުރެވިދާނެއެވެ. އެގޮތުން އޮންލައިންގައި ބޭކާރު ވަގުތު ހޭދަކުރުމާއި، މާގިނައިން ކެއުމާއި، ނިޔަފަތި ކެއުމާއި އަދި ސިނގެރޭޓް ބުއިންވެސް ހިމެނެއެވެ.

މި ޑިވައިސް މަސައްކަތް ކުރާގޮތަކީ ހުއްޓާލަން ބޭނުންވާ ކަންތައް ކުރެވޭ ކަމުގައިވާނަމަ ކުޑަ ކުޑަ ޝޮކެއް މީހާއަށް އަށް ފޮނުވާލަނީއެވެ.