ޚަބަރު

ބޮޑުތިލަންދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައިފި

މަރިޔަމް ޝަހުދާ

އެންވަޔަރަމަންޓް މިނިސްޓްރީން ބޮޑުތިލަންދުންމަތީގެ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީން އެކަން އިއުލާނުކޮށްފައިވަނީ މިއަދު އާންމު ކުރި ނޫސްބަޔާނެއްގައެވެ. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ 11 ސަރަހައްދަކީ؛

- ހއ. ގައްލަންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (252 ހެކްޓަރ)

- ހއ. ބިތްލެދޫ ތިލަ ސަރަހައްދު (4354 ހެކްޓަރު)

- ހއ. ކެލާ ކަނޑޫފާ ސަރަހައްދު (112 ހެކްޓަރު)

- ހދ. ފިނޭ ތިލަ (97،9 ހެކްޓަރު)

- ހދ. އިންނަފުށި ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (1366)

- ށ. ބޮލިއްސަފަރު ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (954 ހެކްޓަރު)

- ށ. ނާލާހުރާ ފިނޮޅާއި ފަޅުގެ ސަރަހައްދު (159 ހެކްޓަރު)

- ނ. ފޮއްދިއްޕަރު ފިނޮޅާއި، ފަޅުގެ ސަރަހައްދު (322 ހެކްޓަރު)

- ނ. ކެނދިކުޅުދޫ ކުޅި (512 ހެކްޓަރ)

- ނ. އޮރިމަސް ތިލަ (46.3 ހެކްޓަރ)، އަދި

- ނ. ބޮޑުޅައިމެންދޫ ރަށާއި، ފަޅާއި، ފަރުގެ ސަރަހައްދު (321 ހެކްޓަރ) އެވެ.

މިނިސްޓްރީގެ ބަޔާނުގައިވާގޮތުގައި މި ސަރަހައްދުތައް ހިމާޔަތްކޮށްފައިވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ވައުދުތަކުގެ ތެރެއިންނެވެ.