ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތު ކުރުމަށް ބޭނުންވާ ފަރާތްތަކުން ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ގާނޫނީ ވަކީލެއް ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުން އަންނަ ބުދަ ދުވަހުގެ 14:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދުގެ ޖަދުވަލް އެކެއްގައިވާ "ގާނޫނީ ވަކީލުކަމުގެ ހުއްދައަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު ބުދަ ދުވަހު 14:00ގެ ކުރިން ޑީޖޭއޭއަށް ހުށަހެޅުމަށް އެ ޑިޕާޓްމަންޓުން އެދެއެވެ.
މީގެ ކުރިން ޑީޖޭއޭ އިން އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުގެ 14:00 އަށެވެ.