ޚަބަރު

ފުލުސްކާރަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފި، ސައިލުގައި އިނީ ލައިސަންސް ނެތް ބިދޭސީއެއް

އިބްރާހިމް ޒަކީ

ޕޮލިސް ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ 12:40 އެހާކަންހާއިރު މި އެކްސިޑެންޓް ހިނގީ، ސިނަމާލެ ބްރިޖާ ދިމާލުން މާލޭގައެވެ.

މި އެކްސިޑެންޓް ހިނގީ، ބުރިޖާދިމާލުން ބޮޑުތަކުރުފާނުމަގުގެ ދެކުނުން އުތުރަށް ދުއްވާފައި އައި ޕޮލިސްކާރު، ލޮނުޒިޔާރަތްކޮޅާ ހިސާބު ބެންޑާ ދިމާލުން ޔޫ ޓާނެއް ނެގިތަނާ ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.

އެވަގުތު އެ ސައިކަލްގައި ދެމީހުން ދުއްވަން އިނެވެ. ނަމަވެސް ފުލުހުން ފާސްކުރިއިރު އެތަނުން އެކަކުގެ އަތުގައިވެސް ލައިސަންސްއެއް ނެތެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ނުވިނަމަވެސް ފުލުސް ކާރަށް ވަނީ ގެއްލުން ވެފައެވެ.

އެހާދިސާގައި ފުލުސް ކާރުގެ ބަފަރު ނެއްޓުމުގެއިތުރުން އެހެންބައެެއް ގެއްލުންތައްވެސް ލިބިފަިއވެއެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ