އިބްރާހިމް ޒަކީ
ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލް ނުވެގެންގޮސް ޕާކުކޮށްފައިހުރި ސައިކަލްތަކެއްގައިޖެހި 15 ސައިކަލަކަށް ގެއްލުން ވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން މިހާދިސާ ހިނގީ ދަރުބާރުގެ ކުރިމަތީގައެވެ.
މިހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައިހުރި ސއިކަލްތަކުގައި ޖެހި އެކްސިޑެންޓްވެފައިވަނީ، ދަުމާރުގެ ކުރިމަތިން ހުޅަނގުން އިރަށް ދުއްވާފައި އައި ކާރެއް ކޮންތްރޯލް ނުވެގެން އެ ސައިކަލުތަކަށް އެރުމުގެ ސަބަބުންނެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެއެވެ. ނަމަވެސް ކާރަށް ކޮންމެސް ވަރެއްގެ ގެއްލުމެއް ވެފައިވެއެވެ.
ފުލުހުން ގެންދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.