ޚަބަރު

ތިން ބިލެއް ތައާރަފް ކޮށް، ދެ ބިލެއްގެ ބަހުސް ކުރިއަށް ގެންދަން އެޖެންޑާ ކޮށްފި

ތިން ބިލެއް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތައާރަފް ކޮށް، ދެ ބިލެއްގެ ބަހުސް ކުރިއަށް ގެންދަން އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުން މީޑިއާ އަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއާބެހޭގޮތުން މައުލޫމާތު ދެއްވަމުން އަމީން އާއްމު ފާތުމަތު ނިއުޝާ ވިދާޅުވީ މާދަމާގެ ޖަލްސާއަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވަނީ، ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާހުށަހަޅުއްވާފައިވާ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވާފައިވާ ގައުމީ ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހަޅުއްވާފައިވާ އިސްލ މިކް ޔުނިވާސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މާދަމާގެ ޖަލްސާއަށް އިބުތާއީ ބަހުސް ކުރިއަށް ގެންދިއުމަށް އެކަމެއް ވަނީ އެޖެންޑާ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު، ހުށަހަޅުއްވާފައިވާ ގަރާރާއި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު ހުށަހަޅުއްވާފައިވާ ޕްރީ ސްކޫލް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްއެވެ.

މީގެ އިތުރުން ދުވަހުގެ މަސައްކަތުގެ ތެރެއިން ވޯޓަށް އަހަންޖެހޭ ކަންތައްތަކަށް ވޯޓަށް އެހުން، މާދަމާވެސް ވޯޓަށް އަހާ ގަޑީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އަމީން އާއްމު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކުގެ ތެެރެއިން ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިރޭ 9:00 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.