އެމްޓީސީސީ

''ޔަންމާ ސާވިސް ކެމްޕެއިން'' ނަމުގައި އެމްޓީސީސީން ކެމްޕޭނެއް ފަށައިފި

މަރިޔަމް ޝަހުދާ

''ޔަންމާ ސާވިސް ކެމްޕެއިން'' ނަމުގައި އެމްޓީސީސީ އިން ކެމްޕެއިނެއް ފަށައިފި އެވެ.

އެމްޓީސީސީ އާއި ޔަންމާ އޭޝިއާ ގުޅިގެން މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕެއިންގެ ދަށުން ޔަންމާ އިންޖީނު އަޅާފައިވާ އޮޑިދޯނި ފަހަރުގެ އިންޖީނުތައް ސާރވޭ ކުރުމާއި ކަސްޓަމަރުންނަށް ޖެނުއިން ސްޕެއަރޕާރޓްސްގެ މުހިއްމުކަން އަންގައިދީ އެކަމަށް ހޭލުންތެރި ކުރުމަށް ވަނީ ހަމަޖައްސައިފައެވެ. މި ކަމުގައި އެމްޓީސީސީ އަދި ޔަންމާ އޭޝިއާގެ ޓެކްނިކަލް ޓީމުން ބައިވެރިވާނެ އެވެ.

މިކެމްޕެއިންއަކީ މާލޭގެ އިތުރުން ރާއްޖޭގެ އެހެން ކަންކޮޅުތަކުގައި ވެސް ހިންގުމަށް ހަމަޖައްސައިފައިވާ ކެމްޕެއިނެއްކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ. އަދި މިފަދަ އިތުރު ކެމްޕެއިންތައް ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް ވެސް އެމްޓީސީސީ އިން ބުނެއެވެ.

ޔަންމާ އިންޖީނަކީ ރާއްޖޭގެ އޮޑިދޯނިފަހަރުގައި އަޅާ، މަސްވެރީންގެ އެންމެ ބޮޑު އިތުބާރެއް އޮންނަ އެންމެ އުމުރު ވެސް ދިގު އިންޖީނެވެ.