އަބްދުﷲ ޚަލީލް

ޓޯ ކުރެވޭ އުޅަނދުތައް ނައްތައިލުމުގެ ބަދަލުގައި ގަތުމުގެ ފުރުސަތު ދެވަނަ ފަރާތަކަށް ދެވިދާނެ: ޚަލީލު

3

އެކި ސަބަބު ތަކާ ހުރެ ފުލުހުން ޓޯކުރާ ވެހިކަލްތައް ނައްތައިލުމަކީ އެ ކަމަށް އޮތް އެންމެ ރަނގަޅު ގޮތްތޯ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.

ޚަލީލު މިހެން ވިދާޅުވީ، ޓޯކޮށްފައި ހުރި ގިނަ ވެހިކަލުތަކެއް ނައްތައިލުމާ ގުޅޭ ގޮތުން، ފުލުހުން ކޮށްފައިވާ ޓުވީޓަކާ ގުޅިގެންނެވެ.

އިއްޔެ ފުލުހުން ވަނީ ޓޯކޮށްފައި ހުރި 79 ވެހިކަލެއް ނައްތައިލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ފުރޮޅުލީ ވެހިކަލް ތަކާއި ގިނަ އަދަދެއްގެ ސައިކަލާއި ފަސް ބައިސްކަލެވެ.

ޚަލީލު ވިދާޅުވީ، މި ފަދަ ވެހިކަލްތައް ނައްތައިލުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެޔަށް ވައްދައި، އެ ވެހިކަލްތައް ގަތުމުގެ ފުރުސަތު ދެވަނަ ފަރާތަކަށް ދެވިދާނެ ކަމަށާއި ނުވަތަ އޭގެ ބައިތައް ސްޕެއާ ގެ ގޮތުގައި ވެސް ވިއްކިދާނެ ކަމަށެވެ.

މި ފަދަ ގޮތަކަށް ކަން ކުރެވިއްޖެ ނަމަ، ވެހިކަލްތަކުން އުފެދޭ ކުނި މަދުކުރެވި، ޓޯ ކުރުމަށް ދާ ވަގުތާއި ހަރަދުން ވެސް ސަލާމަތް ކުރެވޭނެ ކަމަށް ޚަލީލު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟