ފަތްޖެހި ގޮނޑީގައި މީހުން ބައިތިއްބައިގެން ދަތުރުކުރި އުޅަނދެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އިން އާންމުންގެ އެހީތެރިކަމަށް އެދެފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި ފޮޓޯގައިވާ އުޅަނދާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ޓްރާންސްޕޯޓުން އެދެފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
މި ފޮޓޯގައި އުޅަނދުގެ ކެޕޭސިޓީ ފުލްވެފައިވާއިރުވެސް ދެފަރާތުގައިވާ ސީޓުތަކުގެ މެދަށް ހުސްކޮށް ހުންނަ ޖާގައިގައި ފަތްޖެހި ގޮނޑީގައި މީހުން ބައިތިއްބައިފައި ވާތަން ފެނެއެވެ.
މިއީ ޓްރާންސްޕޯޓުގެ ކަނޑުގެ އުޅަނދު ދުއްވުމުގެ ގަވައިދާ ހިލާފައް ކޮށްފައިވާ އަމަލަކަށް ވާއިރު، ކަނޑު ގަދަ ވެއްޖެ ހާލަތެއްގައި މިފަދަ އަމަލުގެ ސަބަބުން އުނޅަދުގައި ތިބޭ މީހުންނަށް އަނިޔާ ވުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ.