ޚަބަރު

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފި އެވެ.

މިރޭ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި ރައީސް ސޯލިހުވަނީ އެކި މަސްވެރި އުޅަނދުތަކުގެ ބޭފުޅުންނަށް މަސްވެރި އުޅަނދުތަކުން ކަނޑުތަކަށް ޕްލާސްޓިކް އުކާނުލާނެކަމުގެ ވައުދުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. އަދި ރައީސް ސޯލިހުއާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ވަނީ ޕާލޭ އެއަރ ސްޓްރެޓަޖީ ތަންފީޒުކުރާ ސްކޫލުތަކަށް އެކަން ފާހަގަ ކުރުމުގެ ގޮތުންދޭ ލިޔުން ސްކޫލްތަކާއި ހަވާލުކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސެން ރަޝީދު، އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ އަދި ވެމްކޯގެ މެނޭޖިންގް ޑިރެކްޓަރ އާދަމް މުހައްމަދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.