ޚަބަރު

މާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މަރުވެއްޖެ

އިބްރާހިމް ޒަކީ

މާލޭޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ މީހަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ވަނި އެކަން ޔަގީންކޮށްދީފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވަނީ، މާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ ގައިދީއެއް ކަމަށްވާ ގދ.ގައްދޫ މަސްކޮތަންގެ، ރެކިފުތާ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 11:30 ހާއިރު މަރުވެފައިވާ ކަމަށެވެ.

އޭނާއަކީ ފަސް އަހަރުގެ ކުޑަ އަންހެންކުޖަކާ އެކު ޖިންސީ އަމަލެއް ހިންގައިގެން 10 އަހަރަށް ޖަލަށް ލުމަށް 2016 ވަނަ އަހަރު ހުކުމްކޮށްފައިވާ މީހެކެވެ.

ރެކިފުތާގެ މައްޗަށް ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެކިދުވަސް މަތީން ފަސް އަހަރުގެ އަންހެން ކުއްޖަކާ ޖިންސީ އަމަލު ހިންގާފައިވާތީ އާއި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެކުއްޖާއާމެދު ޖިންސީ އަމަލެއް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.