އޭޝިއަން ބޯޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕް 2020 ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
ޔޫތު މިނިސްޓަރު މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭޝިއަން ބޯޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕް 2020 ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު ރާއްޖެއިން ކާމިޔާބުކޮށްފައިވާ ކަމަށާއި، އެ ބިޑު ކާމިޔާބު ކުރުމަށް ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އަދި އެގްޒެކެޓިވް ކޮމިޓީއަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ހަތަރު ސަތޭކައަށް ވުރެ ގިނަ އެތުލީޓުންނާއެކު އޭޝިއަން ބޯޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2020 ރާއްޖޭގައި ބޭއްވުމަށް ތައްޔާރު ވަމުން ގެންދާ ކަމަށެވެ.