ޚަބަރު

ހުކުރު ނަމާދު ވަގުތު ފުލައިމީގެ އޮފީހުން ވައްކަންކޮށްފި

އަލީ އިހްސާން

ހުކުރު ނަމާދު ވަގުތު ފުލައިމީގެ އޮފީހުން ވައްކަންކޮށްފިއެވެ.

ފުލުހުން ބުނީ މިއަދުގެ ހުކުރު ވަގުތު ފުލައިމީގެ އޮފީހުން ވައްކަންކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ އޮފީހުން ވަގަށް ނަގާފައިވަނީ 1500 ރުފިޔާއާއި ލެޕްޓޮޕެއްކަަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

ފުލުހުން މިހާރު މި މައްސަލަ ތަހްގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމަތުދެއެވެ.