ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ޕީޕީއެމްގެ ހުރިހާ ކަނބަލުން ރައީސް މައުމޫންގެ ފަހަތްޕުޅަށް އެރުމަށް ދުންޔާ ގޮވާލައިފި

1

ޕީޕީއެމްގެ ހުރިހާ ކަނބަލުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ފަހަތްޕުޅަށް އެރުމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.

ދުންޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫންގެ ފަހަތްޕުޅަށް ޕާޓީގެ ހުރިހާ ކަނބަލުން އެރުމަށް ގޮވާލާ ކަމަށެވެ.

ޑިމޮކްރަސީ ދިފާއުކޮށް، އިންސާނީ ހައްގުތައް އަދި ހާއްސަކޮށް އަންހެނުން ބާރުވެރިކުރުމަށް ރައީސް މައުމޫންގެ ފަހަތްޕުޅަށް އަރަންޖެހޭ ކަމަށް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވަނީ ޕީޕީއެމްގެ ރައީސް މައުމޫނާއި ކައުންސިލް މެމްބަރުން އަދި ހުރިހާ މެމްބަރުންނަށް ވެސް އެ ޕާޓާގެ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދަންނަވައިފައެވެ.

ޕީޕީއެމްއަށް ގާނޫނީ ގޮތުން ހޮވާފައިވާ ރައީސްއަކީ މައުމޫން ކަމަށްވީ ނަމަވެސް، އެ ޕާޓީ ހިންގަމުން ގެންދަވަނީ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟