ޚަބަރު

ތަރައްގީ ވިޔަސް، ތަހުޒީބު ނުވާނަމަ ހިތްފަސޭހަ ދިރިއުޅުމެއް ނުލިބޭނެ: މިނިސްޓަރު އަމީން

އަލީ އިހްސާން

2

ތަރައްގީ ވިޔަސް، ތަހުޒީބު ނުވާނަމަ ހިތްފަސޭހަ ދިރިއުޅުމެއް ނުލިބޭނެ ކަމަަށް ހެލްތު މިނިސްޓްރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރު އަބްދު ﷲ އަމީން މިހެން ވިދާޅުވީ މިއަދު ހަވީރު ކުރިއަށްގެންދިޔަ ރޯޑް ސޭފްޓީ ހިނގާލުމުގެ ކުރިން ވާހަކަދައްކަވަމުންނެވެ. މިއީ ރާއްޖޭގައި ހިނގާ އެކްސިޑެންޓުތައް މަދުކޮށް މަގުތަކަކީ އަމާން ތަނެއްގެ ގޮތުގައި ހެދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ބޭއްވި ހިނގާލުމެކެވެ.

"އަޅުގަނޑުމެން އެންމެން ރާއްޖޭގެ އެކިއެކި ކުދިކުދި ރީތި ޖަޒީރާ ރަށްތަކުގައި ދިރިއުޅެމުންދާއިރު ރަށްރަށުގެ ހިތްފަސޭހަކަން މަގުމަތީގައާއި ގޮނޑުދޮށްތަކުގައާއި ރަށްރަށުގެ ހިތްފަސޭހަ މާހައުލުގައި ހޯދަމުން ގެންދާއިރު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ މުހިންމު ކަމެއް. އަޅުގަނޑުމެން އަބަދުވެސް ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރަނީ. ތަރައްގީ ލިބުނުކަމުގައި ވިޔަސް ތަހުޒީބު ނުވާކަމުގައިވާނަމަ އަޅުގަނޑުމެންނަށް އުފާވެރި ހިތްފަސޭހަ ދިރިއުޅުމެއް ކަށަވަރެއް ނުވާނެ. އެހެންވީމާ ތަރައްގީގެ މާހައުލަށް އަޅުގަނޑުމެން ކޮންމެ ދުވަހަކު ހޭލަމުންދާއިރު އަޅުގަނޑުމެންނަކީ ކޮންމެ ދުވަހަކުވެސް ތަހުޒީބު ބަޔަކަށް ވާންޖެހޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ތަހުޒީބު ބަޔަކަށް ވާނީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ކުރުމާއި، ހެދިފައި ހުންނަ އުސޫލުތަކަށް ތަބާވާ ބަޔަކު ކަމުގައި ވުމާއި، އަދި އެއްބަޔަކު އަނެއް ބަޔެއްގެ ރައްކާތެރި ކަމަށްޓަކައި ފަރުދީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރާ ބަޔަކު ކަމުގައި ވެގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެންނަކީވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކޮންމެ ބަޔަކުވެސް އެބަޔެއްގެ ދައުރު އަދާކުރާ ބަޔަކަށް ވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ތަހުޒީބު ބަޔަކަށް ވާނީ އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމު ކުރުމާއި، ހެދިފަ ހުންނަ އުސޫލުތަކަށް ތަބާވާ ބަޔަކު ކަމުގައި ވުމާއި، އަދި އެއްބަޔަކު އަނެއް ބަޔެއްގެ ރައްކާތެރި ކަމަށްޓަކައި ފަރުދީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރާ ބަޔަކު ކަމުގައި ވެގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެންމެންނަކީވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ކޮންމެ ބަޔަކުވެސް އެބައެއްގެ ދައުރު އަދާކުރާ ބަޔަކަށް ވުމަކީ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟