މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ރައީސް އަދަބު ލުއިކޮށް ނުދެއްވަނީސް އަނެއްކާވެސް މީހުންތަކެއް ޖަލުން މިނިވަންވެއްޖެ

4

ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށް ނުދެއްވަނީސް ނުވަ ވަރަކަށް މީހުން ޖަލުން މިނިވަން ވެއްޖެ އެވެ.

"ވަން އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް އަދަބު ލުއިކޮށް ނުދެއްވަނީސް މިނިވަން ވި މި ނުވަ މީހުން ވެސް ހުކުމުގެ މުއްދަތު ހަމަ ނުވަނީސް މިހާރު ވަނީ ޖަލުން ދޫކޮށްލައިފަ އެވެ. އޭގެ ތެރެއިން އެއްވެސް މީހަކަށް ރައީސް މައާފެއް ވެސް ދެއްވައިފައެއް ނުވެ އެވެ.

މި ކަމާ ގުޅިގެން ސުވާލު ދެންނެވުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސްގެ މީޑިއާ އޮފިސަރު އަހުމަދު ނަސީމް "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ އެ ފަދަ ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށާއި ކުރީން އެކަކު މިނިވަން ވި ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން ހޯމް މިނިސްޓްރީން އެކަން ބަލަމުން އަންނަ ކަމަށެވެ.

އެހެން ނަމަވެސް އޭނާ މިވާހަކަ ދޮގެއްވެސް ނުކުރެއްވި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރީން ވެސް ވަނީ ރައީސް އަދަބު ލުއިކޮށް ނުދެއްވަނީ ގައިދީއަކު މިނިވަންވި މައްސަލައެއް ފެންމަތިވެފަ އެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟