އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލުގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން މާދަމާއިން ފެށިގެން ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާދަމާއިން ފެށިގެން ޑީސަލް ލީޓަރެއްގެ އަގުން 78 ލާރި އަދި ޕެޓްރޯލު ލީޓަރަކުން 26 ލާރި ހެޔޮވާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. މިބަދަލާއެކު ޝެޑްތަކުން ޕެޓްރޯލު ލީޓަރެއް ލިބެން ހުންނާނީ 11.13 ރ އަށެވެ. އަދި ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 11.19 ރ އަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން އެސްޓީއޯއިން އަންނަނީ އެތަނުން ވިއްކާ ތެލުގެ އަގު ހެޔޮކުރަމުންނެވެ. އެގޮތުން މިއީ މިއަހަރުގެ ތެރޭގައި ތެލުގެ އަގު ހެޔޮކުރި ތިންވަނަ ފަހަރެވެ.