ޚަބަރު

ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި

އަލީ އިހްސާން

އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި 58 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން މިރޭ ބުނީ، އަށް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ 58 އަހަރުގެ ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

ފުލުހުން މިއަދު ބުނީ އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ރާއްޖޭގެ މެދުތެރޭގެ އަތޮޅެއްގެ ރަށަކަށް ނިސްބަތްވާ 58 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށް ފުލުހުން ބުންޏެވެ.

އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހުސްވި މަހުގެ 25 ގައެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގެ މައްސަލަތައް ރާއްޖޭގައި ވަނީ އިތުރު ވެފައެވެ.