ހއ. ދިއްދޫ ފުޓުބޯޅަ ދަނޑަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، ދިއްދޫ ފުޓުބޯޅަ ދަނޑަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށެވެ.
އެ މައްސަލަ ބަލަން ނިންމީ ފުލުހުން އިސްނަގައިގެން ކަމަށާއި އެ މައްސަލަ ބަލަނީ މުދަލަށް ގެއްލުންދިން މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.
ދިއްދޫ ކައުންސިލް ފުޓްބޯޅަ މުބާރާތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ކުޅުނު މަޗުގައި ދެޓީމުގެ ދެމެދު ހިންގި ހަމަނުޖެހުން ބޮޑުވެ، ދެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ހިންގި ހަމަނުޖެހުމުގައި ފުޓްބޯޅަ ދަނޑަށާއި މުބާރާތަށް ގެންގޮސްފައި ހުރި ގޮނޑިތަކަށް ވަނީ ގެއްލުންދީފައެވެ. އެރޭ 11:00 ހާއިރު ހިނގި މި ހަމަނުޖެހުން ކޮންޓްރޯލްކޮށް، ޖެހިފައިވާ މައްސަލަ ބެލުމަށް އެ ސަރަހައްދަށް ގޮސް ފުލުހުން ވަނީ ހަރަކާތްތެރި ވެފައެވެ. ނަމަވެސް އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.