ދިވެހި ބަހުގެ ގައުމީ ސިޔާސަތުގެ ފުރަތަމަ ދެލި ކޮޕީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓެޖާއި ހަވާލުކޮށްފި އެވެ.
ދިވެހިބަހުގެ އެކެޑަމީން އެކުލައިވައިލައްވަމުން ގެންދަވާ މި ސިޔާސަތުގެ ފުރަތަމަ ދެލިކޮޕީ މިނިސްޓްރީއަށް މިއަދު ހުށަހަޅުއްވައިފައި ވަނީ ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީއެވެ. މި ސިޔާސަތުގެ ފުރަތަމަ ދެލި ކޮޕީއާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓެޖް ޔުމްނާ މައުމޫނެވެ.