މެންބަރު އީވާ އަބްދުﷲ

ޖޭއެސްސީގެ އަސްލު ޒިންމާ އަދާ ކުރާ މަންޒަރު މި ފެންނަނީ އަލަށް: އީވާ

މަރިޔަމް ޝަހުދާ

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ އަސްލު ޒިންމާ އަދާ ކުރާ މަންޒަރު، އެ ކޮމިޝަން އުފެދުނު ފަހުންވެސް މި ފެންނަނީ އަލަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިއަދު ވިދާޅުވީ މިހާތަނަށް ޖޭއެސްސީން މަސައްކަތް ކުރަމުން ދިޔައީ ގާޒީންގެ ލޮބީ ގްރޫޕެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ކަމާ އެކަށޭނެ ރަނގަޅު މީހުންނާއެކު 10 ދުވަސްތެރޭ ޖޭއެސްސީގެ އަސްލު ޒިންމާ އަދާ ކުރާތަން ފެނިއްޖެ ކަމަށް އީވާ ވިދާޅުވިއެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުން މި މަހު ދެވަނަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީގެ ބައްދަލުވުންތަކުގެ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުކުރަން އެދެވަޑައިގެންފައެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ބަލައި ދިނުމަށް ވެސް އެދިވަޑަިއގެންފައެވެ.

އިއްޔެގެ ވަގުތެއްގައި ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ ސަސްޕެންޑު ކޮށްފައެވެ.