ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ހަވާލުކޮށްފިއެވެ.
ރާއްޖެއިން އަލުން ކޮމަންވެލްތުގެ މެމްބަރު ގައުމަކަށްވުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް މިއަދު ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ ހަވާލުކޮށްދެއްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއިން އަލުން އަނބުރާ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމާ ބެހޭގޮތުން ވެސް މިނިސްޓަރު ޝާހިދާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް މަޝްވަރާކުރެއްވިއެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނިގެން، ކެބިނެޓްގެ ނިންމުމާ އެއްގޮތަށް ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އެޖަމްއިއްޔާއަށް މީގެ ކުރިން ހުށަހަޅުއްވާފައެވެ.