އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރާއި ހާރިޖީ އޮފީހުގެ އިސްބޭފުޅުންނާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
މިއަދު މިނިސްޓަރ ޝާހިދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، އަދި ފޮރިން އޮފީހުގެ ކުރީގެ ވަޒީރު ހޫގޯ ސްވަޔަރ އާއެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ކޮމަންވެލްތާ ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އެއަށްފަހު ދެން ބައްދަލުކުރެއްވީ އިނގިރޭސި ހާރިޖީ ވަޒީރު ޖެރެމީ ހަންޓް އާއެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމާ ބެހޭ ގޮތުންނާއި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާ ބެހޭ ވަޒީރު މާކް ފީލްޑް އާއި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މިއީ ނޮވެމްބަރު މަހު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިނގިރޭސިވިލާތަށް ޝާހިދު ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ.