ފިލިޕީންސްގެ މިނިވަންދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ފިލިޕީންސްގެ ފޮރިން ސެކެޓްރީއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ފިލިޕީންސްގެ މިނިވަންދުވަހުގެ މުނާސަބަތުގައި އަބްދުﷲ ޝާހިދު، ފިލިޕީންސްގެ ފޮރިން ސެކެޓްރީ ޓިއޮޑޯރޯ އެލް، ލޮކްސިން ޖޫނިއާއަށް ފޮނުއްވި މެސެޖުގައި ފިލިޕީންސްގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައި، ދިވެހިރާއްޖެއާ ފިލިޕީންސްއާއި ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން މުސްތަގުބަލުގައި އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.