ޝަހީދާ އަބްދުﷲ ސައީދު
މާލޭ ޖަލުން ކޯޓަށް ހާޒިރުކުރި ގައިދީއަކު އަރައިގެން ހުރި ފައިވާނުން ފޯނެއް ފެނިއްޖެއެވެ.
ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނީ އޭނާގެ ފައިވާނުން ފޯނު ފެނުނީ ކޯޓަށް ހާޒިރު ކުރުމަށްފަހު އަނބުރާ ޖަލަށް ވައްދަން ޗެކްކުރި އިރު ކަމަށެވެ.
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގެ މައްސަލައަކީ ވަރަށް ގިނަ ފަހަރު ކުރިމަތިވަމުންދާ މައްސަލައެކެވެ.