ވައްކަމާއި ފޭރުން

އެޕޯލޯ ފިހާރައިގެ ތިޖޫރީ ވަގަށްނެގި މައްސަލައިގައި ތިން މީހެއްގެ ބަންދަށް ފަނަރަ ދުވަސް

ޝަހީދާ އަބްދުﷲ ސައީދު

1

އައްޑޫ ސިޓީ ހިތަދޫ އެޕޯލޯ ފިހާރަ ފަޅާލައި ތިޖޫރީ ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ އެމައްސަލައިގައި ހައްޔަރުކުރި 19 އަހަރުގެ މީހާއާއި 26 އަހަރުގެ މީހަކާއި 30 އަހަރުގެ މީހާގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައިވާކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެމައްސަލައިގައި މިހާތަނަށް ކުރި ތަހުގީގުން، ތިޖޫރީން ވަގަށް ނެގި ކަމަށް ބެލެވޭ 14000 ރުފިޔާއާއި 1200 ޑޮލަރު ފުލުހުން ވަނީ ހޯދައިފައެވެ.

ހިތަދޫ އެޕޯލޯ ފިހާރަ ފަޅައިލައި ފިހާރައިގެ ތިޖޫރީ ވަގަށް ނަގާފައިވަނީ މިދިޔަ މެއި މަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.

އެމައްސަލައިގައި މެއި މަހުގެ 31 ވަނަ ދުވަހު ފުލުހުން ބުނެފައިވަނީ ވަގަށް ނެގި ތިޖޫރީ ތެރޭގައި 1200 ޑޮލަރާއި 27،704 ރުފިޔާ ހުންނާނެކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި ތިޖޫރީ ފެނުނު އިރު އެއްވެސް ފައިސާއެއް ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟