ވައްކަމާއި ފޭރުން

ބިދޭސީއަކަށް ވަޅިން ބިރުދެއްކުމަށްފަހު ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ބިދޭސީއަކަށް ވަޅިން ބިރުދެއްކުމަށްފަހު ފިލަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިއަދު ހެނދުނު ފާށަނާ ކިލެގެ މަގުން ހިނގާފައި ދިޔަ ބިދޭސީއަކަށް ވަޅިން ބިރުދައްކައި އެމީހާގެ އަތުން ފޭރުމާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ފިލަން އުޅެނިކޮށް އެވަގުތު އެ ސަރަހައްދުން ދިޔަ ފުލުހަކު އޭނާގެ ފަހަތުންގޮސް ހިފެހެއްޓުމަށްފަހު، ފޭރުނު ތަކެއްޗާ ވެސް އެކު އެވެ.

އެ މީހާ ހިފެހެއްޓި އިރު، ބިދޭސީ މީހާ އަތުން ފޭރުނު ފޯނާއި 1000 ރުފިޔާ އެމީހާގެ އަތުން ފެނެނު ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މިމައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.