ވައްކަމާއި ފޭރުން

ހޯރަފުށީގައި ވައްކަމުގެ މައްސަލައަކާ ގުޅިގެން 21 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ހއ. ހޯރަފުށީގައި ވައްކަމުގެ މައްސަލައަކާ ގުޅިގެން 21 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، އެއްގޯނި ލޯ(ކޮޕާ) ހޯރަފުށީ ގެއަކުން ވަގަށް ނެގި ކަމަށް ރޭ 10:07 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަން ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ. މިކަމާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި އެމީހާއަކީ މީގެ ކުރިންވެސް އެ ރަށުގައި ހިންގާ ގިނަ ކުށްތަކެއްގައި ޝާމިލްވާ މީހެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.