ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީ ފިޔަވައި އެހެން ހުރިހާ ކޮމިޓީއެއްގެ މުގައްރިރުންނަށް އެމްޑީޕީ މެމްބަރުން ހޮވައިފިއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ދާއިމީ 17 ކޮމިޓީއެއް ހިމެނޭ އިރު، އެ ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން މިއަދު ވަނީ ހޮވައިފައެވެ. އޭގެ ތެރެއިން 16 ކޮމިޓީއެއްގެ މުގައްރިރުންނަށް ހޮވާފައިވަނީ އެމްޑީޕީގެ މެމްބަރުންނެވެ. އަދި 15 ކޮމިޓީއެއްގެ ނައިބު މުގައްރިރުކަމަށް އެމްޑީޕީގެ މެމްބަރުން ހޮވާފައިވެއެވެ.
ގަވާއިދު ކޮމިޓީގެ މުގައްރިރަކަށް ހޮވާފައިވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑެވަޕޮލްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަހްމަދު އާމިރެވެ. ނަމަވެސް އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ.
ކޮމިޓީތަކުގެ މުގައްރިރުންނާއި ނައިބު މުގައްރިރުން:
- ގަވާއިދު ކޮމިޓީގެ މުގައްރިރު: ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު، ނައިބު މުގައްރިރު: މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު.
- އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީގެ މުގައްރިރު: ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް، ނައިބު މުގައްރިރު: ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް.
- މާލިއްޔަތު ކޮމިޓީގެ މުގައްރިރު: ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، ނައިބު މުގައްރިރު: ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު.
- އާންމު ކޮމިޓީގެ މުގައްރިރު: ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ނައިބު މުގައްރިރު: ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން.
- ޕެޓިޝަން ކޮމިޓީގެ މުގައްރިރު: މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު، ނައިބު މުގައްރިރު: ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ.
- ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރު: މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ނައިބު މުގައްރިރު: ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު.
- އިގްތިޞާދީ ކޮމިޓީގެ މުގައްރިރު: އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން، ނައިބު މުގައްރިރު: މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު.
- ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު: މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ނައިބު މުގައްރިރު: ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ.
- މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު: އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، ނައިބު މުގައްރިރު: ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް.
- ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު: ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ، ނައިބު މުގައްރިރު: ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް.
- އިޖުތިމާއީ ކޮމިޓީގެ މުގައްރިރު: ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ، ނައިބު މުގައްރިރު: މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން.
- ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު: ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު، ނައިބު މުގައްރިރު: ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު.
- ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ މުގައްރިރު: ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު، ނައިބު މުގައްރިރު: ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ.
- ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު: ހުޅުމާޅެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް، ނައިބު މުގައްރިރު: އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު.
- ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު: މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، ނައިބު މުގައްރިރު: ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް.
- އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ މުގައްރިރު: ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް، ނައިބު މުގައްރިރު: މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް.
- ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު: ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، ނައިބު މުގައްރިރު: ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް.