ޚަބަރު

ފުލުހުންގެ ޓެކްނޮލޮޖީ ދާއިރާ ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލީ އިހްސާން

ފުލުހުންގެ ޓެކްނޮލޮޖީ ދާއިރާ ތަރައްގީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ފުލުހުން ބުނީ، މިއަދު ޕްރޮފެސަރު ހަސަން އުގެއިލްއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި އެޗްޑީސީއާ ދެމެދު "ޓެކް އެކްސެލެރޭޓަރ ޕޮރްގުރާމް" ގެ ފަހުމުނާމާގައި ސޮއިކޮށްފައިވާ ކަމަށާއި އެ ފަހުމުނާމާއަކީ ފުލުހުންގެ ޓެކްނޮލޮޖީ ދާއިރާގެ ތަރައްގީއަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގަށް، މޫނު ދެނެގަންނަ ސޮފްޓްވެއާ އާއި މީހުން ދޮގު ހަދާކަން ދެނެގަންނަ ސޮފްޓްވެއާގެ އެހީ ފޯރުކޮށްދޭނެ ކަމަށް މީގެ ކުރިން ޕްރޮފެސަރު ހަސަން އުގެއިލް ވަނީ ވިދާޅުވެފައެވެ. އުގެއިލް އީޖާދު ކުރި "ހޭލޯ" ނަމަކަށް ކިޔާ ފޭސް ރެކޮގްނިޝަން ސޮފްޓްވެއާގެ އެހީގައި ވަރަށް ނުސާފުކޮށް ހުންނަ ސީސީޓީވީ ފުޓޭޖްތައް ބޭނުންކޮށްގެން އެއިން ފެންނަ މީހުން ރަނގަޅަށް ދެނެގަނެވޭ ކަމަށް އުގެއިލް ފާހަގަކުރައްވާފައިވެއެވެ.