ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން މެމްބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުވަން: މައުމޫން

އަހުމަދު ޖައިޝަން

ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މެންބަރުންނަށް އެޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއަށް ގާނޫނާ އެއްގޮތަށް ހޮވާފައިވާ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެންމެހާ މެމްބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށެވެ.

ޕީޕީއެމްއަށް ފާގަތި މުސްތަގުބަލެއް އެދިވަޑައިގަންނަވާ ކަމަށް ވެސް މިވަގުތު މެލޭޝިއާގައި ހުންނެވި ރައީސް މައުމޫން ވިދާޅުވިއެވެ.

މިއަދަކީ ޕީޕީއެމް އަށް ހަތް އަހަރު ފުރޭ ދުވަހެވެ.

ޕީޕީއެމްއަށް ގާނޫނީ ގޮތުން ހޮވާފައިވާ ރައީސްގެ ހައިސިއްޔަތުން މައުމޫން އެ ޕާޓީގެ މެމްބަރުންނަށް ތަހުނިޔާ ފޮނުއްވެވި އިރު އެޕާޓީ މިވަގުތު ހިންގަވަމުން ގެންދަވަނީީ ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.