ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސް، ނަމާލް ރާޖަޕަކްސާއާ މަޝްވަރާ ކުރައްވައިފިއެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރައްވާ ހިޔާލު ބަދަލުކުރެވުނު ކަމަށެވެ. ހާއްސަކޮށް ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާ ހިޔާލު ބަދަލުކުރެވުނު ކަމަށެވެ.
ރައީސް ނަޝީދު ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅުގައި ބައްދަލުވެވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަމާލް ރާޖަޕަކްސާ ވިދާޅުވިއެވެ.
ނަމާލް ރާޖަޕަކްސާ އިއްޔެ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލުހުއާވެސް ބައްދަލު ކުރައްވައިފިއެވެ.