ޚަބަރު

ކަރަންޓު ބިލްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަކި ހާއްސަ ކައުންޓަރެއް ސްޓެލްކޯގައި ގާއިމްކޮށްފި

މަރިޔަމް ޝަހުދާ

ކަރަންޓު ބިލްތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަކި ހާއްސަ ކައުންޓަރެއް ސްޓެލްކޯގައި ގާއިމްކޮށްފި އެވެ.

ސްޓެލްކޯގައި މި ކައުންޓަރު ހުޅުވާފައިވަނީ މިއަދުއެވެ. އަލަށް ހުޅުވި މި ކައުންޓަރަކީ ކަރަންޓު ބިލްތަކާއި ގުޅިގެން އާންމުންގެ ޝަކުވާ ގިނަ ވުމުގެ ސަބަބުން، ކަރަންޓު ބިލާއިބެހޭ މައުލޫމާތު ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގާއިމްކުރި ކައުންޓަރެކެވެ.

ސަރުކާރުގެ ވައުދު ތެރޭ ކަރަންޓު އަގުހެޔޮ ކުރުން ހިމެނޭއިރު ފާއިތުވި ދެތިން މަހު ކަރަންޓު ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށް އެތައް ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ. ސްޓެލްކޯއިން ފަސޭހައިން ބިލްތަކުގެ މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ މިކަމާއި ގުޅިގެންނެވެ.