ޚަބަރު

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ރެޑްވޭވް ސަލީމު

އިބްރާހިމް ޒަކީ

އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު އިންތިހާބު ކޮށްފިއެވެ.

ސަލީމް މި މަގާމަށް އިންތިހާބު ކޮށްފައިވަނީ، މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޕީއެމްގެ ނާއިބު ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ސަލީމު ހޮއްވެވުމާ ގުޅިގެން މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރުން އަދި ހަމަ ނުޖައްސާ ކަމަށާއި މިއަދު އޮތީހަމަ އެކަނި ލީޑަރު ހަމަޖެއްސުން ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

"މިއަދު މިހޮވީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި ނައިބު ލީޑަރުންނެއް ނުުހޮވާ،" ޝިޔާމު ވިދާޅުވިއެވެ.

މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ބެހިފައި އޮތް ގޮތަށް ބަލާ އިރު، އިދިކޮޅު ޕީޕީއެމަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ.