ޚަބަރު

ތިނަދޫގައި މިދިޔަ އަހަރު ކުރި ވައްކަމެއްގައި ވަގަށް ނަގާފައިވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ގދ.ތިނަދޫގައި މިދިޔަ އަހަރު ކުރި ވައްކަމެއްގައި ވަގަށް ނަގާފައިވާ ތަކެއްޗާއެކު ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ.

ފާއިތުވި 2018 ވަނަ އަހަރު ކުރީކޮޅު ތިނަދޫގައި ޕްރިސޭރިއޯ ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރަމުންދާ ތިނަދޫ އިސްލާމީ މަރުކަޒުގެ ސައިޓްގައި ހުރި އެ ކުންފުނީގެ ސާމާނުތަކެއް ވަނީ ވަގަށް ނަގާފައެވެ. މި ވައްކަމުގައި ވަގަށް ނަގާފައިވާ ތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު މިއަދު ވަނީ 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައެވެ.

މިމީހާ ހައްޔަރުކޮށްފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަނުންނެވެ. ފުލުހުން މައުލޫމާތުދޭގޮތުގައި މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.