މާލޭގައި އިމާރާތެއް ތަޅަމުން ދަނިކޮށް ވެއްޓުނު ކޮންކްރީޓް ގަނޑަކުން ޖެހިގެން ގެއަކަށް ގެއްލުންވެއްޖެއެވެ.
މިއަދު 17:45 ހާއިރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މ.ގުލްބަހާރުގެ އިމާރާތް ތަޅަމުން ދަނިކޮށް ވެއްޓުނު ކޮންކްރީޓު ގަނޑަކުން، ޖެހިގެން ހުރި މ.ސަމަންދަރުގޭގެ ދެވަނަ ފަންގިފިލާގެ ފާރުގަނޑު ހަލާކުވެގެންނެވެ. އެގޮތުން މ.ސަމަންދަރުގޭގެ ދެވަނަ ފަންގިފިލާގެ ފާރުގައި ބާގަނޑެއް ހެދި، އެގެއަށް ވަނީ ގެއްލުން ވެފައެވެ.
މި ހާދިސާގެ ތަފްސީލު މިހާރު ސިޓީ ކައުންސިލާ ހިއްސާ ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.