ޚަބަރު

ޖޯޑަންގެ އާމްޑް ފޯސަސް ޑޭގެ މުނާސަބާގައި އެގައުމުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެ

މަރިޔަމް ޝަހުދާ

ޖޯޑަންގެ އާމްޑް ފޯސަސް ޑޭގެ މުނާސަބާގައި އެގައުމުގެ މިނިސްޓަރ ފޯ ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް އައިމަން އަލް ސަފަދީ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝާހިދު މިއަދު އައިމަންއަށް ފޮނުއްވެވި މެސެޖުގައި ޖޯޑަންގެ ރައްޔިތުންގެ އިތުރުން ޖޯޑަންގެ ސަރުކާރަށް ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

މި މެސެޖުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވާނޭކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވެފައި ވެއެވެ.